މިރޭ ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ ގައުމީ ސަލާމަތާ ގުޅޭ ހާއްސަ ކުއްލި އޮޕަރޭޝަނެއްގައި މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މި އޮޕަރޭޝަންގެ ދަށުން ފުލުހުން މިރޭ ވަނީ މާލޭގެ ތިންެ ސަރަހައްދެއްގައި ހަރަކާތްތެރިވެފައެވެ. އެގޮތުން ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއަކާއި ގަލޮޅު ދަނޑު ކައިރީގައި ހުރި ގެއެއް ގެ އިތުރުން ޖުމްހޫރީ މަިއދާން ކައިރިން ދުއްވާފައި ދިޔަ ލޮރީއެއް ހުއްޓުވާ ފުލުހުން ވަނީ ފާސްކޮށްފައެވެ.
ފުލުހުން އާންމުކުރި ކުރު ބަޔާނެއްގައި ބުނެފައިވަނީ "އެ މީހުންނާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ" ކަމަށެވެ. ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއަށް ވަދެފައިވަނީ މޫނު ނިވާކޮށްގެން ތިބި ފުލުހުންނެވެ. އަދި އެ ގެއިން ފިރިހެނަކު ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.


