Tuesday, 28 July 2026

ކުރީ ސަރުކާރުން ނެގި 1.5 ބިލިއަން ރުފިޔާގެ ލޯނު މި ސަރުކާރުން ދައްކާ ނިންމައިފި

ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ކުރީގެ ސަރުކާރުން ނަގާފައިވާ 100 މިލިއަން ޑޮލަރު ގެ ލޯނު މި މަހުގެ ތެރޭގައި މި ސަރުކާރުން ވަނީ އަދާކޮށް ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސްގެ އިސް އޮފިޝަލަކާއި ހަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާގޮތުން މިއީ 2022 ވަނަ އަހަރު ބަޖެޓު ސަޕޯޓަށް ނަގާފައިވާ ލޯނެކެވެ. އަދި މި ލޯނު އަދާކޮށްފައިވަނީ އިންޓަރެސްޓާއެކު ކަމަށް އެ އޮފިޝަލް ހާމަކުރެއްވިއެވެ.

އެ އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި، މި ސަރުކާރުން ދަނީ ދައުލަތުން އަދާކުރަންޖެހޭ ހުރިހާ ލޯނެއް މުއްދަތަށް ދައްކަމުންނެވެ. އަދި ދައުލަތުގެ މާލީ ޒިންމާތައް އަދާކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ.

ކާގިލް ފައިނޭންސްގެ މި ލޯނު ނަގާފައިވަނީ 7.15 އިންސައްތައިގެ އިންޓަރެސްޓް ރޭޓެއްގައި، ތިން އަހަރުގެ މުއްދަތަށެވެ. މި ލޯނު އަދާކޮށް ނިންމާލުމާއެކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ޔޫސަބަލް ރިޒާވްގެ ގޮތުގައި މިހާރު 179 މިލިއަން ޑޮލަރު ހުރިކަން އިޢުލާނުކޮށްފައެވެ.

މި ލޯނު އަދާކޮށް ނިންމާލުމަކީ ދިވެހި ދައުލަތުގެ މާލީ ޒިންމާދާރުކަމާއި، އިގްތިސާދީ ހަރުދަނާކަން ދައްކުވައިދޭ ކަމެއް ކަމުގައި އިގްތިސާދީ މާހިރުން ފާހަގަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *