Tuesday, 28 July 2026

ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރުދިން ހަތަރު މީހަކު ހައްޔަރުކޮށްފި

މާލޭގެ ގަލޮޅު ސަރަހައްދުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރުދިނުމަށްފަހު، އެ ގެއަށް ވަދެ ގެއްލުންދިން މައްސަލައެއްގައި ހަތަރު މީހަކު ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތްތަކަކީ އއ. މާޅޮހުގެ ރީތިހިޔާ މުހައްމަދު އަފްލާހް (23 އަހަރު)، ނ. ވެލިދޫ އެލަސް އިބްރާހިމް އަހްނަފް (21 އަހަރު)، ނ. މަނަދޫ ހަވޭލި މުހައްމަދު އަޒާން (23 އަހަރު) އަދި ތ. ގުރައިދޫ ފަޒާ އަލީ ނަވާފް (21 އަހަރު) އެވެ.

ފުލުހުން ބުނި ގޮތުގައި، މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު 12:45 ހާއިރު އެ ގެއަށް ވަދެ ގެއްލުންދެމުން ދަނިކޮށެވެ. އަދި މި މައްސަލައިގައި ގޭގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރުދިން މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ހަތަރު މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަހުގެ ބަންދު މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ ކަމަށް ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *