Tuesday, 28 July 2026

މޫސުން ގޯސްވެ، މެދު ރާއްޖެތެރެއަށް ރީނދޫ އެލާޓެއް ނެރެފި

މޫސުން ގޯސްވެ، ވިއްސާރަވާނެ ކަމަށް ލަފާކުރެވޭތީ، މިއަދު މެދު ރާއްޖެތެރެއަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ވަނީ ރީނދޫ އެލާޓެއް ނެރެފައެވެ.

މެޓް އޮފީހުގެ ފަރާތުން ނެރުނު އިންޒާރުގައި ބުނެފައިވާ ގޮތުގައި މިއަދު ހެނދުނު 10:45 އިން މެންދުރު 2:00 އާ ހަމައަށް ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުރި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވެއެވެ.

އަދި މި ސަރަހައްދުތަކުގައި ވިލާގަނޑާއެކު ވައިގެ ބާރުމިން ގަޑިއަކު 40 މޭލަށް އަރާނެ ކަމަށާއި، އެއާއެކު ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ އަންދާޒާކޮށްފައެވެ. އެހެންކަމުން ކަނޑުދަތުރު ކުރާއިރު މޫސުމަށް ވިސްނުން ބެހެއްޓުމަށް އެ އޮފީހުން ވަނީ އިރުޝާދު ދީފައެވެ.

މެޓް އޮފީހުން ކުރިއަށް އޮތް 48 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް ވިއްސާރަވެ، މޫސުން ގޯސްވެފައި ހުންނާނެއެވެ. އެހެންކަމުން މި މުއްދަތުގައި ދަތުރުފަތުރު ކުރާއިރު ސަމާލުވުމަށް އެ އޮފީހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މޫސުން ގޯސްވެފައިވާ ދުވަސްވަރު ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދިނުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ފަސްކުރުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *