މިއަދު ކުޅުދުއްފުށި ސިޓީ ކައިރިއަށް މޫދަށް މަސް ހިފަން ފޭބި މީހަކަށް މިޔަރެއް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައ މި ހާދިސާގައި ޒަހަމްވެފައިވަނީ އުމުރުން 30 އަހަރުގެ މީހަކެވެ. އަދި އޭނާއަށް ހަމަލާދީފަ ވަނީ މަސްހިފަން ފައިބާ އުޅެނިކޮށް ކަމަށްވެސް އެނގިފައިވެއެވެ.
އެމީހާއަށް ކުޅުދުއްފުށީ ހޮސްޕިޓަލުގައި މިހާރުދަނީ ފަރުވާދެމުންނެވެ. މިޔަރު ހަމަލާދިނުމުގެ ތެރެއިން އޭނާގެ ކޮނޑުހުޅު ވަނީ ނައްޓައިގެން ގޮސްފައެވެ. އަދި ހަމަލާދިނުމުގެ ސަބަބުން ކޮނޑަށް ކޮންމެ ވެސް ވަރެއްގެ ޒަހަމުތަކެއް ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، އެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.


