Tuesday, 28 July 2026

ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް މޫނުބުރުގާ އެޅުން ހުއްދަކޮށްފި

ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މޫނުބުރުގާ އެޅުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއްޔެއިން ފެށިގެން ހުއްދަކޮށްފިއެވެ. މިއީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ ދަށުން ހެދުން އެޅުމާ ގުޅޭ 129 ވަނަ މާއްދާއަށް ގެނައި އިސްލާހެކެވެ.

އިސްލާހު ގެނައުމުގެ ކުރިން އެ މާއްދާ އޮތް ގޮތުން، ހިދުމަތް ލިބިގަންނަން ދާ ފަރާތްތަކަށް މުވައްޒަފަކީ ކާކުކަން އެނގެން ޖެހެއެވެ. ނަމަވެސް މިހާރު ގެނެވުނު އިސްލާހުގެ ދަށުން މޫނުބުރުގާ އެޅުމަށް އެއްވެސް ހުރަހެއް ނެތެވެ. އަދި މަސައްކަތުގެ މާހައުލުގައި މުވައްޒަފެއްގެ މޫނު ދައްކަން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ކަމާބެހޭ އަންހެން މުވައްޒަފަކަށް މޫނު ދެއްކުމަށް ވަނީ ލާޒިމްކޮށްފައެވެ.

މީގެ ކުރިން ސަރުކާރުގެ ބައެއް އިދާރާތަކުން މޫނުބުރުގާ އެޅުމުގެ ސަބަބުން މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާއިރު، ޝަރުޢީ ދާއިރާއިން އަންހެނުންނަށް ވަޒީފާ ދިނުމުގައި ދިމާވި އެންމެ ބޮޑު އެއް ހުރަހަކީވެސް މޫނުބުރުގާ އެޅުން މަނާކޮށްފައި އޮތުމެވެ. ޑީޖޭއޭ އިން މިހާރު އަންނަނީ ޝަރުޢީ ދާއިރާގެ އުސޫލުތައް ޒަމާނަށް ފެއްތުމަށް އިސްލާހުތައް ގެންނަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *