Tuesday, 28 July 2026

މާދަމާ ރޭ ހަނދުކޭތަ ހިފާނެ

މާދަމާ ރޭ ހަނދުކޭތަ ހިފާނެ ކަމަށާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި ލޯކަލް ގަވަމަންޓް މިނިސްޓްރީއަށް ފޮނުވި ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުން، ހަނދުކޭތަ ހިފާނީ ރާއްޖެ ގަޑިން މާދަމާ ރޭ 8:28 އިން ފެށިގެން މެންދަމު 1:55 އާ ހަމައަށެވެ. އެންމެ ބޮޑަށް ކޭތަ ހިފާފައި ހުންނާނީ މާދަމާ ރޭ 11:11 ގައި ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީން އަންގާފައިވާ ގޮތުގައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އެންމެ ބޮޑު މިސްކިތުގައި މާދަމާ ރޭ 11:12 ގައި ކޭތަ ނަމާދު ކުރުމުގެ އިންތިޒާމު އެ ރަށެއްގެ ކައުންސިލުން ހަމަޖައްސަން ޖެހޭނެއެވެ.

އަދި ކޭތަ ނަމާދުގެ ހުތުބާ މާދަމާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *