Tuesday, 28 July 2026

ދިރާގު ޖޫނިއަރ އޯޕަންގެ ނިންމުމުގެ ރަސްމިއްޔާތު ރައީސް މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފި

ކުޅިވަރު އެކުވެނީގައި  ބޭއްވުނު ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025 ބެޑްމިންޓަން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި މުބާރާތުގެ ފައިނަލް މެޗުތައް ބެއްލެވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މުބާރާތުގެ އެކި ގިންތިތަކުން ވަނަތައް ހޯދި ކުޅުންތެރިންނަށް އިނާމު ދެއްވާފައެވެ. ފައިނަލްގައި މާލެ އާއި އޭދަފުށި އަދި ހުޅުދޫ ބޯއީސް އާއި އިންޑިއާ ޓީމުތައް ވާދަކުރިއެވެ.

މި މުބާރާތުގެ ޚާއްސަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ސްޕެޝަލް އޮލިމްޕިކްސް ސިންގަލްސްގެ މުބާރާތްތައް ބޭއްވުމެވެ. އަންހެން އަދި ފިރިހެން ދެ ގިންތިން ކުރިއަށްގެންދެވުނު މި މުބާރާތުގައި ބައިވެރިވި ހުރިހާ ކުޅުންތެރިންނަށް މެޑެލް އަދި ޓްރޮފީ ދެވުނެވެ.

ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިފަދަ ބައިނަލްއަޤްވާމީ ފެންވަރުގެ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކުޅިވަރުގެ ދާއިރާގައި ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބިދިނުމަށް ސަރުކާރުން އިސްކަންދޭ ކަމަށްވެސް ވިދާޅުވިއެވެ.

މި މުބާރާތަކީ ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް، ބެޑްމިންޓަން ކުޅުމުގެ ރޫހު އާލާކުރުމަށް މަގުފަހިކޮށްދޭ މުހިންމު މުބާރާތެއް ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ފާހަގަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *