Tuesday, 28 July 2026
2024 ވަނަ އަހަރުގެ ސެޕްޓެމްބަރ 30 ވަނަ ދުވަހު، ލުބުނާނުގެ ވެރިރަށް ބެއިރޫޓުގެ ކޯލާ ސ ސަރަހައްދުގައި ހުރި ގިނަ ނަ ބުރިތަކެއްގެ އިމާރާތަކަށް އިސްރާއީލުގެ ސިފައިން ވައިގެ ހަމަލާއެއް ދިނުމަށްފަހު ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި އަލިފާން ނިއްވާ ބަޔަކު |ގެޓީ އިމޭޖަސް

ލުބުނާނުގައި ހިޒްބުއްލާގެ އިސް ލީޑަރުން ޝަހީދުކޮށްލުމާއެކު އިސްރާއީލުގެ ހަމަލާތައް އިތުރުވެއްޖެ

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ވަނީ އިތުރުވެފައެވެ. މިގޮތުން ހޯމަ ދުވަހު ބެއިރޫޓުގެ މެދު ސަރަޙައްދަށް ދިން ހަމަލާއެއްގައި މަދުވެގެން އެކަކު ޝަހީދުވެ، 16 މީހުން ޒަޚަމްވެފައިވާ ކަމަށް ލުބުނާނުގެ ސިވިލް ޑިފެންސްއިން މަޢުލޫމާތު ދީފައިވެއެވެ.

މީގެ ކުރިން، ހުކުރު ދުވަހު ދިން ހަމަލާއެއްގައި ހިޒްބުއްލާގެ ދިގު މުއްދަތުގެ ލީޑަރު ހަސަން ނަސްރުއްލާ ޝަހީދުވިއެވެ. އަދި ހޮނިހިރު ދުވަހު ދިން ހަމަލާއެއްގައި އެ ޖަމާޢަތުގެ ސެންޓްރަލް ކައުންސިލްގެ ޑެޕިއުޓީ ވެރިޔާ ނަބީލް ކައޫކް ޝަހީދުވިއެވެ. މިއީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ހިޒްބުއްލާގެ ހަތްވަނަ އިސް ލީޑަރެވެ.

އިސްރާއީލުން ބުނާ ގޮތުގައި އެމީހުން އަމާޒުކުރަނީ ހަނގުރާމަވެރިންނަށެވެ. ނަމަވެސް މި ހަމަލާތައް އަމާޒުވެފައިވަނީ އާންމުން ދިރިއުޅޭ އިމާރާތްތަކަށް ކަމަށް ލުބުނާނުގެ ފަރާތްތަކުން ބުނެއެވެ. ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އާދީއްތަ ދުވަހު ވައިގެ ހަމަލާތަކުގައި މުޅި ޤައުމުގައި މަދުވެގެން 105 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ އޮފިޝަލުން އެއްވެސް ކޮމެންޓެއް ދީފައެއް ނުވެއެވެ. ނަމަވެސް މި ހާދިސާތަކަކީ ސަރަޙައްދުގެ ހަމަޖެހުމަށް ނޭދެވޭ އަސަރުކުރާނެ ކަންކަން ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *