Wednesday, 29 July 2026

ރާއްޖޭގެ އަމިއްލަ މަސައްކަތްތެރިން ދަފްތަރުކުރުމުގެ މަސައްކަތް ބީސީސީން ފަށައިފި

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ރާއްޖޭގައި އަމިއްލަ މަސައްކަތްކުރައްވާ ފަރާތްތައް ދަފްތަރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ ދިވެހިރާއްޖޭގައި ވިޔަފާރިކުރާ އެންމެކުދި،  އަދި މެދުފަންތީގެ ވިޔަފާރި މަރުކަޒީކޮށް ރަޖިސްޓަރީ ކުރުމުގެ ނިޒާމެއް ޤާއިމް ކުރުމުގެ ތެރެއިން ކުރިއަށްގެންދެވޭ މަސައްކަތެކެވެ.

މި ދަފްތަރުގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތްކތްކުރައްވާ ފަރާތްތަކާއި، އެފަރާތްތައް މަސައްކަތް ކުރައްވާ ދާއިރާތައް ދެނެގަނެ އެފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް  ކަށަވަރުކޮށް، އެފަދަ ވިޔަފާރިތައް ތަރައްޤީ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުޞަތު މިއަދުންު(27 ސެޕްޓެމްބަރ 202- ހުކުރު) ފެށިގެން ހުޅުވާލެވޭނެއެވެ. މި ކަމަށް ޚާއްޞަ އޮންލައިން ޕޯޓަލެއްގެ ލިންކު ބީސީސީގެ މީސްމީޑިޔާ މަންސަތަކުންނާއި ބީސީސީގެ ވެބްސައިޓް www.bcc.mv އިން މިއަދުގެ މެންދުރުފަހު 14:00 ން ފެށިގެން ފެންނަން ހުންނާނެއެވެ.

ދަފްތަރުގައި ރަޖިސްޓަރީވާން ފުރަންޖެހޭ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށތަކަށް މާލޭގައި ހުންނަ ބީސީސީގެ މައި އޮފީހުންނާއި، އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ބިޒްނަސް ސެންޓަރުތަކުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި، ވިޔަފާރީގެ ގޮތުގައި އަމިއްލަ މަސައްކަތްކުރައްވާ ފަރާތްތައް މި ދަފްތަރުގައި ރަޖިސްޓަރީ ވުމަކީ އެފަރާތްތަކަށް ވިޔަފާރީގައި ކުރިއަށް ދިއުމަށް ބޭނުންވާ ވަރަށްގިނަ ކަންކަމުގައި ލުއިފަސޭހަތައް ލިބޭނެ ކަމެކެވެ.

މި ދަފްތަރު އެކުލަވާލައި، އަދާހަމަކޮށް މިކަމާބެހޭ އުޞޫލުގައި ބަޔާންކުރާ ކަންކަން ހިންގައި ތަންފީޒުކޮށް ބަލަހައްޓާނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *