ޝަރީއަތް ހިނގަމުންދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގާ ގުޅިގެން މާލޭގައި ފުލުހުން މިއަދު އޮޕަރޭޝަނެއް ފަށައިފިއެވެ.
މި އޮޕަރޭޝަން ކުރިއަށްދަނީ ސްވޮޓް ޓީމުގެ އެހީތެރިކަމާއެކު ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ. އަދި މި އޮޕަރޭޝަންގައި ތުހުމަތުކުރެވޭ ފަރާތްތަކާއި އެފަރާތްތަކުން ބޭނުންކުރާ ތަކެތި ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އޮޕަރޭޝަން ކުރިއަށްދާ މިންވަރަކުން، ހާމަކުރެވެން ހުރި މައުލޫމާތުތައް އާންމުންނާ ހިއްސާކުރާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.


