ފ. ނިލަންދޫން ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ރޭ މެންދަމު ފެނިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، އެ ކުއްޖާ ފެނުނީ މެންދަމު 2:40 އެހާކަންހާއިރުގައެވެ. އަދި ފެނުނުއިރު އޭނާގެ ޙާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް މައްސަލަ ހުށަހެޅީ އިއްޔެ ރޭ 10:15 އެހާކަންހާއިރުގައެވެ. އެއީ އާދިއްތަ ދުވަހުގެ ހަވީރު ގެއިން ނިކުތް ފަހުން އެ ކުއްޖާގެ އެއްވެސް ޚަބަރެއް ނުލިބުމުންނެވެ.
މި މައްސަލައިގައި އިތުރު ތަޙްޤީޤުތައް ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.


