Tuesday, 28 July 2026
ފޮޓޯ: މޯލްޑިވްސް އިންސައިޑަރ

ރޭގަނޑުވެސް ސީ ޕްލޭންގެ ޚިދުމަތް ދެވޭގޮތަށް ރަންވޭއެއް ހަދަނީ

ރޭގަނޑުގެ ވަގުތުގައިވެސް ސީޕްލޭން އޮޕަރޭޝަން ކުރިއަށްގެންދެވޭގޮތަށް، ދިއްލާފައި އޮންނަ ވޯޓަރ ރަންވޭއެއް އެޅުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެއާ ސާވިސް ވޯލްޑް ކޮންފަރެންސްގެ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޝަން ހިންގަނީ ރާއްޖޭގައި ކަމަށެވެ. މި ގޮތުން، މިހާރު ވެސް އެންމެ ބާރުބޮޑު ވަގުތުތަކުގައި 60 ސީ ޕްލޭން މޫވްމަންޓް ހިނގާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުސްތަގުބަލުގައި އެ އަދަދު 70 އަރާނެ ކަމަށާއި އެމްއެސީލްގެ އަމާޒަކީ އެއާޕޯޓުގެ ކެޕޭސިޓީ 84 މޫވްމަންޓަށް އިތުރުކުރުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިއަހަރުގެ ވިންޓަރ ސުޕަރ ޕީކް ސީޒަން އަންނަންވާއިރަށް ސީޕްލޭން އޮޕަރޭޝަނަށް ބަދަލުތަކެއް ގެނައުމަށް އަމާޒުހިފާފައިވާކަމަށެވެ. އެގޮތުން އެންމެ ބޮޑު އާމާޒެއްގެގޮތުގައި ކަނޑައަޅާފައިވަނީ، ރޭގަނޑު ދަތުރުކުރެވޭނެ ގޮތަށް ސީ ޕްލޭންގެ އޮޕަރޭޝަންތައް ފެށުމަށްކަމަށް ޝަރީފް ވިދާޅުވިއެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ސިނާއަތުގެ އެކިއެކި ފަރާތްތަކާއި ގުޅުން ބަދަހިކުރަން އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ބައްދަލުވުމެކެވެ. މި އިވެންޓް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރެވެ. މިއީ މި ކޮންގްރެސް ބާއްވާ ހަތްވަނަ ފަހަރެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *