ކ.މާލެ: ނަކަލު ކޮށްފައިވާ ސްޓޭމްޕްތަކެއް ޖެހި ޕާސްޕޯޓްގައި އޮޅުވާލައިގެން ވެލާނާ އިންޓެރނޭޝަނަލް އެއަރޕޯޓުން އެތެރެވާން އުޅުނު 4 ބިދޭސީން މޯލްޑިވެސް އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.
އިމިގްރޭޝަނުން އެމީހުން ހުއްޓުވީ ޖުލައި މަހުގެ 3 ވަނަ ދުވަހު އެވެ. އެކަން އިމިގްރޭޝަނުން ކުރި ރަސްމީ ޓްވީޓެއްގައި ވަނީ ހާމަކޮށްފައެވެ.
ނަކަލުކޮށްފައިވާ (Counterfeit) ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށް، އޮޅުވާލައިގެން ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން 03 ޖުލައި 2024 ވީ ބުދަ ދުވަހު ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި 04 ބިދޭސީން ވަނީ ހުއްޓުވާފައި. pic.twitter.com/oJqT44whkG
— Maldives Immigration (@ImmigrationMV) July 9, 2024
މީގެ އިތުރުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސިން ހޯދުމަށް ހާއްސަ އޮޕަރޭޝަންތަކެއް މިހާރުވެސް އިމިގްރޭޝަނުން ދަނީ ހިންގަމުންނެވެ.
މި އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 6 ބިދޭސީން އިއްޔެގެ ވަގުތުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.


