Tuesday, 28 July 2026
އިމިގްރޭޝަން

ޤަވާއިދާއި ހިލާފަށް މަސައްކަތް ކުރަމުންދިޔަ އިތުރު 6 ބިދޭސީން ހައްޔަރުކޮށްފި

މާލެ: ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 6 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު "އެކްސް"ގައި ވިދާޅުވީ މި ބިދޭސީން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ރޭގެ ވަގުތެއްގައި ކަމަށެވެ.

އެމީހުން ހައްޔަރުކުރީ މާލެ ސަރަހައްދުގައި ހިންގަމުންދާ ދެ މާރުކޭޓެއް ބަލައި ފާސްކުރުމުގެ ތެރެއިންކަމަށް އިމިގްރޭޝަނުން ވިދާޅުވެފައި ވެއެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 04 ބިދޭސީ ފިރިހެނަކާއި 02 ބިދޭސީ އަންހެނެކެވެ.

ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް ހިންގަމުންދާ ރެއިޑް އޮޕަރޭޝަންތަކުގައި މިފަހުންވެސް ޟާލޭގެ މާރުކޭޓާއި އަދި ހުޅުމާލޭގެ ގިނަ ޓޭކްއަވޭ ކޮފީ ޝޮޕްތަކުން ބިދޭސީން ހިފަހައްޓާފައި ވެއެވެ.

އިމިގްރޭޝަނުން ވަނީ މި އޮޕަރޭޝަންތައް ކުރިއަށް އޮތްތަނުގައި ވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމަށް ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *