މާލެ: މިސްކިތެއްގައި އޮތް ހަތިމަކަށް ގެއްލުންދޭން އުޅުނު މައްސަލަ އާއި ގުޅިގެން 36 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެ ފިރިހެން މީހާ ހައްޔަރު ކޮށްފައިވަނީ ޖުލައި މަހުގެ 7 ވަނަ ދުވަހުގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރަމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރު ކޮށްފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.


