ފޭދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނިހާދު، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަނުކޮށްފިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު އެމްޑީޕީ ދޫކޮށް، ވެރިކަންކުރާ ޕީއެންސީ އަށް ސޮއިކުރެއްވި ނިހާދު، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުކަން ވަނީ އެނގިފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓް ދައްކާ ގޮތުން ނިހާދުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގައި 3 ސްޓޭޓް މިނިސްޓަރުން ތިއްބަވާނެއެވެ. އެއީ އަހުމަދު ނާޒިމް މުހައްމަދު، ހާރިޝް މުހައްމަދު އަދި މުނިމް އަނީސްއެވެ. މީގެއިތުރުން ޓޫރިޒަމް މިނިސްޓްރީގައި 11 ޑެޕިއުޓީ މިނިސްޓަރުން ތިއްބަވައެވެ.
ނިހާދާ އެކު އެމްޑީޕީގެ 13 މެންބަރަކު މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޕީއެންސީ އަށް ސޮއިކުރެއްވިއެވެ.


