ކ. މާލެ: ދެން އަންނަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާއި އެއްކޮށް ބޭއްވުމަށް ގާނޫނު އަސާސި އިސްލާހު ކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ޕީ.އެން.ސީ ޖަގަހައިގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ
ރައީސް ވިދާޅުވީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބަށް 180 މިލިޔަނަށް ވުރެ ގިނަ އަދަދެއްގެ ދިވެހި ރުފިޔާ ހަރަދުވީކަމަށެވެ. އަދި ނިމިދިޔަ މަޖިލިސް އިންތިހާބަށް 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ހަރަދުވި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެންމެ ފައިދާ ހުރި ގޮތަކީ ދެ އިންތިހާބު އެއްކޮށް ބޭއްވުން ކަމަށާއި އަދި މި ބަދަލު ވުޖޫދަށް ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


