Tuesday, 28 July 2026

ރައީސް މުއިއްޒުގެ ތަހުނިޔާ އީރާނުގެ އިންތިޚާބީ ރައީސްއަށް

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގައި ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެޤައުމުގެ ރައީސްކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ޑޮކްޓަރ މަސްއޫދު ޕެޒެޝްކިއާން އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

މީސްމީޑިއާ މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި އީރާނުގެ އިންޚާބީ ރައީސްގެ ލީޑަރޝިޕްގައި ރާއްޖެއާއި އީރާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި އެކުގައި މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންތިޚާބީ ރައީސް ޕެޒެޝްކިއާންގެ ދައުރުގައި އީރާނަށާއި އެ ސަރަޙައްދަށް ކުރިއެރުމާއި ތަނަވަސްކަމުގެ އިތުރުން ޞުލްޙަމަސަލަސްކަން ޤާއިމުކުރެއްވުމަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *