Tuesday, 28 July 2026
އިމާދު ސޯލިހް

އެންޑީއޭގެ ސީއީއޯކަމުގެ މަގާމުން އިމާދު ވަކިކޮށްފި

ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މަގާމުން އިމާދު ސޯލިހް ވަކި ކޮށްފި އެވެ.

އެންޑީއޭގެ އާ ސީއީއޯއަކަށް އިމާދު އައްްޔަން ކުރީ 2022 ވަނަ އަހަަރުގެ އޮކްޓޯބަރު މަސް ތެރޭގައެވެ. އޭނާ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވީ އެ އަހަރުގެ ނޮވެމްބަރު 1 ގައެވެ.

އެންޑީއޭ ހިންގުން މިހާރު ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ ހޯމް މިނިސްޓްރީގެ ޑެޕިިޔުޓީ މިނިސްޓަރ ރާޝީދުއާ އެވެ.

ނޭޝަނަލް ޑްރަގް އެޖެންސީއަކީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނާއި އެ ޤާނޫނާ ގުޅިފައިވާ މައިގަނޑު ސިޔާސަތުތައް، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުގެ ލަފާއާއި މަޝްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން، އެސިޔާސަތުތައް ތަންފީޒުކުރާ ސަރުކާރުގެ މައިގަނޑު އިދާރާ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *