މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ހަތަރު މީހަކަށް ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗަށް މިއަދު ގެންގޮސްފިއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާއެއް ހިނގީ މ.އެންޒިއަންގޭގެ ތިންވަނަ ފަންގިފިލާގައި ކަމަށެވެ. ހާދިސާގައި ދުމުގެ އަސަރުކޮށްގެން ހަތަރު މީހަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އަނިޔާވި މީހުންނާ ގުޅޭ އިތުރު ތަފުސީލެއް ސިފައިން ހާމައެއް ނުކުރެއެވެ.
މޯލްޑިވްސް ޑިޒަސްޓަރ މެނޭޖްމަންޓުންވެސް ވަނީ މި ޙާދިސާގެ ސަބަބުން ހާލުަގއި ޖެހުނު އާއިލާއަށް ވަގުތީ އެހީ ފޯރުކޮށްދީފައިވާކަމަށް ބުނެފައެވެ.


