Tuesday, 28 July 2026
PSM NEWS

ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ފަލަސްތީނަށް އެހީވުމަށް ކުރިއަށް ގެންދިޔަ ޓެލެތޯނުން ހޯދި 19 މިލިއަން ރުފިޔާ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

ޕީއެސްއެމުން އިސްނަގައިގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވި ޓެލެތޯނަށް ލިބުނު ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވަނީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓްރީ މެދުވެރިކޮށެވެ.

ޕީއެސްއެމްގެ ސްޓޫޑިއޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެލެތޯނަށް ލިބުނު ފައިސާ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރެވެ. ފޮރިން މިނިސްޓަރީން ފައިސާ އާއި ހަވާލުވީ ފޮރިން މިނިސްޓަރ މޫސާ ޒަމީރެވެ.

"ޕީއެސްއެމުން މި ޓެލެތޯން ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވުނީ ރާއްޖޭގެ ބައެއް މީޑިއާތަކުގެ އެހީގައި. ވަކިން ހާއްސަކޮށް ވީޓީވީ، އަސްލުޓީވީ، ރާއްޖެޓީވީ، އެންޓީވީ، ސަންޓީވީ، ދިވެހި ޗެނަލް، ޓީވީއެމް އަދި ޕީއެސްއެމް ނިއުސް، ދިވެހި ރާއްޖެގެ އަޑު އަދި އޮންލައިން ނޫސްތަކުން ޓެލެތޯނާ ބެހޭ ގޮތުން އާންމުންނާ ހަމައަށް ފޯރުވުމުގައި ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވަން،" ޒީނާ ވިދާޅުވި އެވެ.

ޒީނާ ވިދާޅުވީ ޓެލެތޯން ކުރިއަށް ގެންދަން ޖެހޭނީ ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކަމަށާއި އަދި އެކަމަށް މިނިވަން އޮޑިޓަރެއްގެ ބެލުމުގެ ދަށުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްއާރު) މޯލްޑިވްސް އިން ފޯރުކޮށްދޭ އެއްބާރުލުމަށް ތައުރީފް ކުރައްވާ ކަމަށެވެ.

ޒީނާ އިތުރަށް ވިދާޅުވީ ޓެލެތޯންގައި ވަކި ލާރީގެ ގޮތުގައިވެސް 40،000 އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *