Tuesday, 28 July 2026
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ޕީޖީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު

އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަން ރަނގަޅަށް ތަހުގީގު ކުރުމަށް ފަލާހު ގޮވާލައިފި

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވިކަން ހާމަކުރުމަށް އެކަށީގެންވާ ތަހުގީގެއް ހިންގަން ޖެހޭ ކަމަށާއި އެމްޑީޕީގެ ކިބައިން ގައުމު ސަލާމަތްކުރަން ޖެހޭކަމަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ޕީޖީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ހުށަހެޅި ދައުލަތުގެ ދަރަނީގެ ބިލަށް ބުދަ ދުވަހު ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ ރާއްޖޭގެ މާލިއްޔަތާއި ގުޅޭ ގޮތުން ކުރީގެ ސަރުކާރުތަކުން ހިޔާނާތްތެރިވިކަން މިހާރުގެ އަދި އަންނަން އޮތް ދިވެހި ޖީލުތަކަށް އެނގުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަދި ފަލާހު ވިދާޅުވީ ސަރުކާރުގެ ޚަރަދާއި ދަރަންޏާ މެދު ރާއްޖެއިން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ. އޭނާ ވަނީ 2018-2023 އަށް ވެރިކަން ކުރި އެމްޑީޕީގެ ސަރުކާރުން މިހާރުގެ ހާލަތަށް ޒިންމާ އުފުލަންޖެހޭކަމަށް ބުނެފައެވެ.

ފަލާހް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ފަސް އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.

އެހެންކަމުން ކުރީގެ ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަން ދެނެގަނެ، ރަނގަޅަށް ތަހުގީގު ކުރަން ޖެހޭ ކަމަށާއި އެ މަސައްކަތްތަކުގައި މަޖިލީހުން ވެސް ބައިވެރިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *