Wednesday, 28 October 2026
BREAKING

ހުޅުމާލޭގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭ ފޭސް ދޭއްގައި މިއަދު ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައިފި އެވެ.

މިއަދު ހެނދުނު 8:00 އެހާއިރު ހިނގި ފުރަތަމަ އެކްސިޑެންޓްގައި ވަނީ 19 އަހަރުގެ ޒުވާނެއް ބޮޑަށް ޒަހަމްވެފައެވެ. އަދި އޭނަ އަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު، ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

މި އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި އޭނަ ދުއްވި ސައިކަލު ކާރެއްގައި ޖެހި، ކޮންޓްރޯލުން ނައްޓައިގެން ގޮސް އިތުރު ކާރެއްގައި ޖެހިގެންނެވެ.

މީގެއިތުރުން ހުޅުމާލެ ފޭސް ދޭއްގެ އާ ހިޔާ ގޮފި ކައިރިން  ދެ ސައިކަލް ވަީ އެކްސިޑެންޓްވެފައެވެ.

އެ އެކްސިޑެންޓްގައި އަނިޔާވެ ފަރުވާދެމުން އަންނަނީ އުމުރުން 21 އަހަރުގެ ފިރރިހެނަކަށާއި 33 އަހަރުގެ އަންހެނަކަށެވެ. ފުލުހުން ވަނީ އެތަނުން 21 އަހަރު މީހާގެ އަތުގައި ލައިސަންސް ވެސް ނެތް ކަމަށް ބުނެފައެވެ.

ފުލުހުން އަންނަނީ މި ދެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *