Tuesday, 28 July 2026

މެންބަރުންނަށް ލިބޭ މުސާރައާއި އިނާޔަތްތައް ކުޑަކުރުމަށް ގާސިމް ދެކޮޅު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެލަވެންސާއި މުސާރަ ކުޑަކުރުމާއި ދެކޮޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީސް މެންބަރުންގެ އަދަދު ދައުރަކަށް ފަހު ދައުރެއް އިތުރުވަމުން އަންނަ އައުމަށް ނިމުމެއް ގެނެސް، މެންބަރުންގެ އަދަދު މަދުކުރަން މެންބަރުންގެ ހިޔާލު ހޯދަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ގަރާރެއް ހުށަހަޅުއްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަަރަކުން އިތުރުވަމުންދާތީ، މި ދައުރުގެ މަޖިލިސް މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ، މަޖިލީހަށް މެންބަރުން އިތުރުވެގެން ދާ ދިއުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. މިދިޔަ 19 ވަނަ މަޖިލީހަށް ވެސް މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ގަރާރެއް ހުށަހެޅުއްވި ކަމަށާއި ނަމަވެސް އޭރުގެ ސުޕާ މެޖޯރިޓީއިން މައްސަލަ ބޭރުކޮށްލީ ކަން ގާސިމް ފާހަގަކުރެއްވިއެވެ.

"މިއަދު ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ލިބިވަޑައިގަންނަވާ މުސާރައިގެ އަދަދު ކުޑަކުރަން ވެސް ނުފެންނަ ކަމަށް، އިނާޔަތްތައް ވެސް ކުޑަކުރަން ނުފެންނަ ކަމަށް އަޅުގަނޑު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ތާއީދުކުރެއްވި ނަމަވެސް، ގާސިމް ވަނީ މެންބަރުންގެ މުސާރައާއި އިނާޔަތް ކުޑަކުރަން ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، މިހާރު މި އޮތީ މަޖިލީސް މެންބަރުންގެ މުސާރަ ކަނޑައަޅަން ޔުނިޓަރީ ދައުލަތެއްގައި އޮންނަންވާނެ އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. އެގޮތުން، ފެޑަރަލް ސިސްޓަމަށް އަމަލުކުރާ ގައުމުތަކުގެ މިސާލު ބައެއް މެންބަރުން ދައްކަވާއިރު އެ ތަންތަނާ ދިވެހިރާއްޖެއާ ވަރަށް ތަފާތުކަމަށް ގަބޫލުކުރައްވާކަމަށް ގާސިމް ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *