Tuesday, 28 July 2026

ޖަމީލް ނިޔާވި މައްސަލަ ތަހުގީގު ކުރަން ޑިމޮކްރޮޓްސުން އެޗްއާރްސީއެމަށް ހުށަހަޅައިފި

މުހައްމަދު ޖަމީލް ޖަލުގައި ނިޔާވެފައި އޮއްވާ ފެނުނު މައްސަލާގައި ޝައްކުއުފެދޭ ކަންކަން ހުރުމުން އެ މައްސަލަ ތަހުގީގު ކޮށްދިނުން އެދި ދަ ޑިމޮކްރެޓްސްއިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއަށް މައްސަލަ ހުށަހަޅައިފިއެވެ.

އެކަމާ ގުޅިގެން ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ސޮއިކޮށް އެޗްއާރްސީއެމްއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ،އޭނާގެ މަރުވީ ކަރެކްޝަންސް އޮފިސަރުން އަނިޔާކޮށް ފަރުވާ ދިނުމުގައި އިހުމާލުވުމުން ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

"މި މަރުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވޭތޯ އާއި, ޖަލު ބަލަހައްޓާ އޮފިސަރުންގެ ފަރާތުން އަނިޔާކޮށްފައިވޭތޯ އާއި, ބޭސްފަރުވާ ހިމެނޭހެން ގާނޫނުތަކާއި ގަވާއިދުތަކުން ކަށަވަރު ކޮށްދޭ އެންމެހައި ހައްގުތައް ބަންދުކޮށްފައި ހުރި މުއްދަތުގައި މުހައްމަދު ޖަމީލަށް ފުރިހަމައަށް ލިބިދީފައިވޭތޯ ބަލައި މި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދެން," އެޗްއާރުސީއެމްއަށް ޑިމޮކްރެޓުން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

މި މަރުގައި ޝައްކުއުފެދޭ ކިތަންމެކަމެއް ހުރުމާއެކު މި މަރުގެ މައްސަލައިގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވޭތޯއާއި ޖަލު ބަލަހައްޓާ އޮފިސަރުންގެ ފަރާތުން އަނިޔާކޮށްފައިވޭތާއާއި ބޭސްފަރުވާ ހިމެނޭހެން ޤާނޫނުތަކާއި ގަވައިދުތަކުން ކަށަވަރު ކޮށްދޭ އެންމެހައި ހައްގުތައް ބަންދުކޮށްފައި ހުރި މުއްދަތުގައި ޖަމީލަށް ފުރިހަމައަށް ލިބިފައިވޭތޯ ބަލާ ތަހުގީގުކޮށްދިނުމަށް ޑިމޮކްރެޓްސްއިން ވަނީ އެދިފައެވެ.

އޭނާ ބަންދުކޮށްފައި ހުރި މާފުށީ ޖަލުގެ ގޮޅިން އެއްކުރި މައުލޫމާތުން އޭނާ މަރުވީ ސަޖިދައިގައިކަން އެނގޭ ކަމަށާއި އޭނާގެ އަނގަޔާއި ނޭފަތުން ފޮނު އަރާފައި ހުރިކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ބުނެ އެވެ. އަނިޔާގެ ނިޝާނެއް ތަހުގީގަށް މިހާތަނަށް ފެންނަން ނެތް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުއްޓާ، ށ. ފުނަދޫ، މުހައްމަދު ޖަމީލު، ނިޔާވީ ހުކުރު ދުވަހުއެވެ. އޭނައަށް އަނިޔާކުރިކަމުގެ ތުހުމަތުތަކެއް ކޮށްފައިވާއިރު ފުލުހުން ބުނެފައިވަނީ އޭނަގެ ހަށިގަނޑުގައި ނިޝާންތަކެއް ހުއްޓަސް އެއީ އަނިޔާގެ ނިޝާންތަކެއް ނޫން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *