Tuesday, 28 July 2026
BREAKING

ޖަމީލު މަރާލި ކަމުގެ ތުހުމަތު ކަރެކްޝަނަށް، މައްސަލަ ތަހުގީގު ކުރަނީ!

އިއްޔެ މާފުށީ ޖަލުގައި މަރުވެފައިވާ ށ. ފޮނަދޫ އުމުރުން 45 އަހަރުގެ މުހައްމަދު ޖަމީލު މަރާލާފައިވަނީ ކަރެކްޝަންގެ އަނިޔާއިން ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށައިފި އެވެ.

އިއްޔެ މާފުށީ ޖަލުގައި މަރާލާފައިވަނީ ތޫނު ހަތިޔާރުން މާރަމާރީ ހިނގި މައްސަލައެއްގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މުހައްމަދު ޖަމީލް އެވެ.

މި މަރުގެ ހަބަރުދެމުން އިއްޔެ ކަރެކްޝަނުން ބުނީ ޖަމީލް ގޮޅީގައި ހަރަކާތެއް ނުކޮށް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރު ދީފައިވާ ކަމަށާއި އަދި އެވަރުންވެސް ބަދަލެއް ނައުމުން މާފުށީ ސިއްހީ މަރުކަޒަށް ގެންދިޔައީ މެންދުރު 12:13 ގައިކަމަށް ކަރެކްޝަނުން އިއްޔެ ވަނީ ބުނެފައެވެ. އަދި ޖަމީލް މަރުވީ ފަރުވާ ދެމުންދަނިކޮށް މާގިނަ އިރެއްނުވެ 12:45 ގައި ކަމަށް އިއްޔެ ކަރެކްޝަނުން ބުންޏެވެ.

ނަމަވެސް އާއިލާއިން ތުހުމަތު ކުރަނީ ޖަމީލްއަށް އަނިޔާކޮށް މަރާލީ ކަމަށެވެ. ސަބަބެއްކަމަށް އާއިލާއިން ބުނަނީ ޖަލުގެ ފާރަވެރިން ޖަމީލްއަށް ހުއްޓުމެއް ނެތި އަނިޔާކުރި މަންޒަރު ފެނިފައިވާ މީހުން ޖަލުގައި ތިބުމެވެ.

ފުލުހުންދަނީ މި މައްސަލަ މިހާރު ތަހުގިގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *