ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހައްްޔަރުކުރި އެންވަޔަރމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތުމަތު ޝަމްނާޒު މަގާމުން ވަކިކޮއްފި އެވެ.
ޝަމްނާޒްގެ އިތުރުން ދެ މީހަކު ހައްޔަރުކޮށްފައި ވާކަމަށާއި، އެމީހުން ހައްޔަރުކުރީ އާދީއްތަ ދުވަހު ކަމަށް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ވަނީ ބުނެފަ އެވެ. ޝަމްނާޒް އާއި އޭނާއާ އެކު ހައްޔަރުކުރި ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަތް ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.
ޝަމްނާޒު ހައްޔަރު ކުރި ސަބަބު ފުލުހުން ހާމަކޮށްފައި ނުވިނަމަވެސް މީޑިއާތަކުން ހަބަރު ފަތުރާގޮތުގައި އޭނާ ހައްޔަރުކޮއްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިްްޒުއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައެވެ.
ޝަމްނާޒު ވަކިކޮށްފައިވާކަން ރަސްމީކޮށް ރައީސް އޮފީހުން އިއުލާން ނުކުރިނަމަވެސް ރައީސް އޮފީގެ ވެބްސައިޓުން ފެންނަނީ ޝަމްނާޒަކީ ކުރީގައި އެންވަޔަރމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކޮށްފައިވާ މީހެއްގެ ގޮތުގައެވެ.
ދާދިފަހުން ފުލުހުންވަނީ ޝަމްނާޒު ދިރިއުޅޭގެ ބަލާފާސް ކޮށްފައެވެ.


