Wednesday, 28 October 2026

ރައީސް އޮފީހުގެ މިނިސްޓަރު ރަމީޒު ސަސްޕެންޑު ކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ސަސްޕެންޑު ކޮށްފިއެވެ.

ބަލަމުންދާ މައްސަލައަކާއި ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ސަސްޕެންޑު ކޮށްފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އިއްޔެވަނީ ރާއްޖެ 24 އަށް ކަށަވަރު ކޮށްދީފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް އަރިސް ބޭފުޅެއްކަމަށްވާ ރަމީޒު ސަސްޕެންްޑު ކޮށްފައިވާ ސަބަބު ހީނާ ވިދާޅެއްނުވެއެވެ.

މީގެ އިތުރުން އެންވަޔަރމަންޓު މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ ފާތުމަތު ޝަމްނާޒު ވެސް ވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މިދިޔަ އާދިއްދަ ދުވަހު ހައްޔަރުކޮށް ބަންދަށް 7 ދުވަސް ޖަހާފައެވެ.

ޝަމްްނާޒުގެ އިތުރުން  އިތުރު ދެމީހަކު ފުލުހުންވަނީ މިމައްސަލާގައި ހައްޔަރުކޮށް އެމީހުންގެ ބަންދަށް ވެސް 7 ދުވަސް ކޯޓުން ޖަހާފަ އެވެ.

ޝަމްނާޒާއި ރަމީޒަކީ ދާދިފަހަކާއި ޖެހެންދެންވެސް ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންނެވެ. އެ ދެ މީހުން ވަރިވެފައިވަނީ މި މަހު އެވެ.

ހަބަރުތައް ބުނާގޮތުގައި ޝަމްނާޒު ހައްޔަރުކޮއްފައިވަނީ ރައީސް މުއިއްޒުއަށް ސިހުރު ހަދަން އުޅުނުކަމުގެ ތުހުމަތުގަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *