Tuesday, 28 July 2026

ހަރަދުތައް ކުޑަކުރަން އަޅާ ފިޔަވަޅުތަކަށް ޕީއެންސީ ކޯލިޝަނުން މަރުހަބާ ކިޔައިފި

ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމުގެ މުޙިންމު ފިޔަވަޅުތަކެއް އަޅަން ސަރުކާރު ނިންމާފައިވާރީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ޕީއެންސީ ކޯލިޝަނުން މަރުހަބާ ކިޔައިފި އެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ ސަރުކާރުން ރާއްޖެ ވައްޓާލާފައިވާ އިޤުތިޞާދީ އަނދަވަޅުން ނަގައި ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކުރުމުގެ މުޙިންމު ފިޔަވަޅުތަކެއް ރައީސް އަޅުއްވަން ނިންމަވާ އެކަން އިޢުލާނު ކުރެއްވިކަމަށްޓަކައި އިޚުލާސްތެރިކަމާއެކު މަރުޙަބާ ދަންނަވައި ޝުކުރު ވެސް އަދާކުރާ ކަމަށެވެ.

ޕީއެންސީއާ އެކީ އެމްއެންޕީ އާއި އެންޑީއޭ ހިމެނޭ ކޯލިޝަންގެ ބަޔާނުގައި ބުނީ ރައްޔިތުންނަށް މާ ބޮޑު ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް މާލީ ނިޒާމް ހަރުދަނާ ކުރުމަށް ވިސްނައި އަޅަން ނިންމެވި ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަށް ވުރެ ބޮޑަށް، ޤައުމީ ވިސްނުމަކުން ވިސްނައި އަޅަން ނިންމި ފިޔަވަޅުތަކެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"އަދި މިކަމުގައި ރައީސުލްޖުމްހީރިއްޔާއާ އެކު މި ކޯލިޝަން ސާބިތުވެ ތިބޭނެ ކަމުގެ ޔަޤީންކަން ވެސް އަރުވަން،" ބަޔާނުގައި ބުންޏެވެ. "ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކުރުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ބަރަކާތް ލައްވައޮ އެމަނިކުފާނަށް ސާބިތުކަން ދެއްވާށި."

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *