ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ހައްޖުވެރިން ވާނީ ހައްޖަށް ދާއިރު ފުރިހަމަ ކުރަންޖެހޭ ވެކްސިންތައް ފުރިހަމަ ކޮއްފަައި ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
ހައްޖުކޯޕަރޭޝަން އިން ވިދާޅުވީ އެ ކޯޕަރޭޝަންގެ ހައްޖުވެެރިންވާނީ ޕޯލިއޯ އާއި މެނިންޖައިޓިސް އަދި އިންފްލެންޒާ ވެކްސިން ފުރިހަމަ ކޮށްފައި ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން މިހެން ބުނެފައިވަނީ ސައުދީ ރަސްގެފާނުގެ ހާއްސަ ފުރުުސަތެއްގައި ހައްޖަށް ދިޔަ ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ބަކާ އެބަލީގައި މިރޭ ނިޔާވެފައި ވަނިކޮށެވެ.


