ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޯކޮކާލް އިންވޭސިވް (މެނިންގޯކޮކަލް) މެނިންޖައިޓިސް ރާއްޖެއިން ފެނުމާއި ގުޅިގެން ފިޔަވަޅު އަޅަން ފަށާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިރޭ ވިދާޅުވީ، އެ ބަލި ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓްރެކްޓް ޓްރޭސިން ހަދައި އެ މީހުންނަށް މައުލޫމާތު ދީ، އެ މީހުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފެށިފައިވާ ކަމަށެވެ.
ރާއްޖެއިން މި ބަލި ޖެހުނީ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) އަށެވެ. އޭނާ ވަނީ ހާލު ސީރިޔަސްވެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮއް ރޭ އިރު އޮއްސުނުއިރު ނިޔާވެފައެވެ.
މެނިންގޯކޮކަލް އަކީ ވަރަށް ނުރަށްކާތެރި ވަރަށް އަވަހަށް މީހާގެ ފުރާނައަށް ނުރައްކާ ކުރާ އަދި އެބަލީގެ ސަބަބުން މީހާ ނުކުޅެދުންތެރިވެސް ކޮށްލަފާނެ ބައްޔެކެވެ.
ކުޑަކުދިންނާއި ބޮޑެތި މީހުނަށް ޖެހޭ މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގަރިއްސާ ހުންއައުމުން ކާހިތް ނުވުން ހޮޑުލެވުމުގެ އިތުރުން ގިނައިން ނިދުމާއި ބޭރަށް ހިންގުންވެސް ހިމެނެ އެވެ.


