Tuesday, 28 July 2026

ބޯޓު ދަތުރު ކުރުމުގެ ސިނާއަތަށް އިސްކަންދީ، ކުރިއަރުވަން ޖެހޭ – އަބްދުއްރަހީމް

ބޯޓު ދަތުރުކުރުމުގެ ސިނާއަތަށް އިސްކަންދީގެން އެ ސިނާއަތް ކުރިއަރުވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސީފެއާ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް އެކަނި ބަރޯސާވެގެން ތިބެގެން ވާން ނެއްކަމަށާއި އާމްދަނީ ލިބޭނެ އެހެން ސިނާއަތްތަށްވެސް ތަރައްގީ ކުރަން ޖެހޭ ކަމަށެވެ.

”ސީފެއަރާ އައިޑެންޓިޓީ ކާޑުގެ މައްސަލައަކީ ހަތް އަހަރު އަށް އަހަރު ހައްލުނުވެ އޮތް މައްސަލައެއް އެހެނަސް މި ސަރުކާރުން މިވަނީ ހަތް 7 މަސްތެރޭ ހައްލު ކޮށްފަ “ އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހަތް 7 މަސްތެރޭގައި މި ސަރުކާރުން އެކަން ހައްލުކުރުމުން އިގޭކަމަކީ އިހުލާސްތެރިކަމާއެކު ސަރުކާރަކުން ކަމެއް ހައްލުކުރަން މަސައްކަތް ކުރާނަމަ ވާނެކަމެވެ.

އަބްދުއްރަހީމް ވިދާޅުވީ ގައުމެއް ތަރަށްގީވަނީ އެއްމެ ސިނާއަތަކުން ނޫން ކަމަށާއި މަސްވެރިކަމާއި ފަތުރުވެރިކަމުގެ އިތުރުން ބޯޓު ދަތުރުކުރުން ތަރަށްގީކުރަށް ޖެހޭ ކަމަށެވެ. ސަބަބަކީ ބޯޓު ދަތުރު ކުރުމުގެ ސިނާއަތަކީ ރާއްޖެއަށް ގިނަ އަދަދަކަށް ބޭރު ފައިސާ ވައްނަ ސިނާއަތަކަށް ވާތީކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *