Tuesday, 28 July 2026

ޕީޖީގެ އެދުމުގެމަތިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޕީޖީ ހާޒިރު ކުރަނީ

ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ އެދިލެއްވުމަކަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މައުލޫމާތު ބަދަލުކުރުމަށްޓަކައި ޕީޖީއިން އައުމަށް ފުރުސަތު ދީފި އެވެ.

ޖުޑިޝަރީ ކޮމެޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ ޕީޖީ ހުސެން ޝަމީމް އެ ކޮމިޓީގައި ބައިވެރިވެ މައުލޫމާތު ބަދަލު ކުރުމަށް އަމިއްލައިން އެދި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

ޝަމީމް ފޮނުވި ސިޓީގައިވަނީ ކުރިޔަށް އޮތް ފަސް 5 އަހަރުގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތަސައްވަރު ދެނެގައްނަން އެ އޮފީހުން ބޭނުންވާ ކަމަށެވެ.

އަދި އެ ސިޓީގައި މި ފަސް އަހަރު ސަރުކާރުގެ ތަސައްވަރު ދެނެގަނެ ޕީޖީ އޮފީހުން ކުރެވޭނެ ކަންކަމާއި މެދު މައުލޫމާތު ބަދަލު ކުރަން ބޭނުންވާ ކަމަށްވެސް އެ ސިޓީގައިވެ އެވެ.

ޕީޖީ އޮފީހުން އަމިއްލަގޮތުން މިފަދަ ފުރުސަތަކަށް އެދިފައިވާތީ އެކަމަށް ކޮމިޓީގެ މެމްބަރުން މަރުހަބާދައްނަވާ އެ އެދިލެއްވުން ކޮމިޓީގެ ހުރިހާ މެމްބަރުންގެ ތާއީދާއެ ވަނީ ފާސްކޮއްފަ އެވެ.

ހުސްނީ ވަނީ އެ ކޮމެޓީގެ މެންޑޭޓުގައި ހިމެނޭ އެހެން އިދާރާތައް ހާޒިރުކޮށް މައުލޫމާތު ހޯދުމަކީ މުހިންމު ކަމެއް ކަމަށް ވެސް ފާހަގަކުރައްވާފަ އެވެ. ކޮމެޓީ މެންބަރުން ވަނީ އެކަމަށް ވެސް ތާއީދު ކުރައްވާ އެހެން އިދާރާތައް ވެސް ހާޒިރުކުރަން ފާސްކޮށްފަ އެވެ. ނަމަވެސް އެއީ ކޮން އިދާރާތެއް ކަން ފާހަގަކޮށްފައެއް ނުވެ އެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *