Tuesday, 28 July 2026

ދޮގު ހަބަރުތަށް ފަތުރާނަމަ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރު ކުރާނަން – ފަލާހު

ދައްކާ ވާހަކަތަކަށް ޖަވާބުދާރީވާން ޖެހޭނެކަމަށާއި، ދޮގު ހަދާގެން ހަބަރު ފަތުރާނަމަ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރޭ ޕީއެންސީ ހައުސް ހުޅުވުމަށްފަހު އެތަނުގައި ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަމުން ފަލާހު ވިދާޅުވީ އޭނާއާ ބެހޭގޮތުން ދައްކާ ދޮގު ވާހަކަތަކާއި މެދު ޖެހިލުން ނުވާކަމަށެވެ.

ފަލާހު ވިދާޅުވީ އެހެންނަމަވެސް ސަރުކާރުން ފައިސާ ހޯދައިގެން ޓީވީ ޗެނަތައް ހަދައިގެން ދޮގު ހަބަރު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

”އަޅުގަނޑުމެންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު އެ ދަރަޖައަށް ދައްކާ ކަމުގައި ވަނީ ވިއްޔާ ރައްޔިތުންނަށް ކަންކަން ހާމަކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮމެޓީތަކަށް ހާޒިރުކޮށްގެން ސުވާލު ކުރާނަން“ ފަލާހު ވިދާޅުވި އެވެ.

ފަލާހު އިތުރަށް ވިދާޅުވީ ސަރުކާރުގެ އިސްވެރިންނާއި މަޖިލިސް މެމްބަރުންގެ ބޮލުގައި ދޮގު ވާހަކަތަށް އަޅުވައިގެން ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *