އދ.އާ ގުޅިފައިވާ އެންޖީއޯއެއް ކަމަށްވާ ހެވަންލީ ކަލްޗަރ، ވޯލްޑް ޕީސް، ރިސްޓޯރޭޝަން އޮފް ލައިޓް (އެޗްޑަބްލިއުޕީއެލް) އިން އިންތިޒާމުކޮށްގެން އެޗްޑަބްލިއުޕީއެލްގެ ޑިކްލަރޭޝަން އޮފް ދަ ޑެކްލަރޭޝަން އޮފް ވޯލްޑް ޕީސް އެންޑް ޕީސް ވޯކްގެ 11 ވަނަ އަހަރީ ހަފްލާގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ އެވެ.
"ކޮމިއުނިކޭޝަން ފޯ ގްލޯބަލް ސިޓިޒެންޝިޕް އޮފް ރިކޮންސިލިއޭޝަން އެންޑް ޓޮލަރެންސް" ގެ ނަމުގައި މިމަހުގެ 25 ވަނަ ދުވަހު ފަށާފައިވާ މި ހަރަކާތުގެ މަގްސަދަކީ ސުލްހައިގެ ބައިނަލްއަގުވާމީ ސަގާފަތެއް އުފައްދައި ހިއްސާކުރުމެވެ.
އެޗްޑަބްލިއުޕީއެލްގެ ދަށުން ހިންގާ ޒުވާނުންގެ ޖަމިއްޔާ އިންޓަނޭޝަނަލް ޕީސް ޔޫތު ގްރޫޕް (އައިޕީވައިޖީ) އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް ރިލޭޝަންސްގެ ދަރިވަރުންނާ ގުޅިގެން ސަގާފީ އެކްސްޗޭންޖް ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ޕްރޮގްރާމްގައި ސައުތު ކޮރެއާ އާއި ދިވެހިރާއްޖެއާ ދެމެދު ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅިގައި ހުރި ތަފާތުތަކާ ބެހޭ ގޮތުން ޕްރެޒެންޓޭޝަންދީ ސުވާލުކޮށް "ޕީސް ކޮމިއުނިކޭޝަން" ޕްރެކްޓިސް ކޮށްފައިވެއެވެ.
މިއަހަރުގެ ޕީސް ވޯކްގެތެރެއިން 50 ގައުމެއްގައި އަކީ ސުލްހަ ގާއިމުކުރުމުގެ ތަފާތު ހަރަކާތްތައް ހިންގާފައިވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ތެރޭގައި ސުލްހައިގެ ހުށަހެޅުންތަކާއި ވީޑިއޯ ސްކްރީންކުރުމާއި ފޮޓޯ އެގްޒިބިޝަންތަކާއި ޕޯސްޓަރު ކުރެހުމާއި ކުޅިވަރު ހަރަކާތްތަކާއި ބާޒާރުތަކާއި ވޮލަންޓިއާ ފުރުސަތުތައް ހިމެނެއެވެ. މި ޕްރޮގްރާމްގެ ތެރެއިން ގަސް އިންދުމުގެ ރަސްމިއްޔާތާއި "ފްރީ ހަގްސް" އިނީޝިއޭޓިވްސް އިން އެއްބައިވަންތަކަމާއި ތިމާވެށީގެ ދުޅަހެޔޮކަމަށް އިތުރު އަހަންމިއްޔަތެއް ދެއެވެ.


