Tuesday, 28 July 2026

"ޕީއެންސީ ހަރުގެ" ރައީސް ހުޅުއްވައިދެއްވައިފި

ސަރުކާރުގެ ހިންގާ މައި ޕާޓީ ޕީއެންސީގެ ހަރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ހުޅުވައިދެއްވައިފި އެވެ.

ހަރުގެ ހުޅުވުމަށް މިރޭ އޮތް ރަސްމިއްޔާތަށް އާޓިފިޝަލް ބީޗު ސަރަހައްދަށް ގިނަ އަދަދެއްގެ އާންމުން ވަނީ އެއްވެ ބައިވެރިވެފައެވެ. އަދި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފުގެ އިތުރުން ޕީއެންސީއާ ގުޅިގެން ތިބި ޕާޓީތައްކަމަށްވާ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުޙައްމަދާއި، އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމް ބައިވެރިވެވަޑައިގަތެވެ.

ޕީއެންސީ ހަރުގެ ހުޅުވީ އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ކުރީގެ ޑިމޮކްރެޓްސް ޖަގަހަ ހިންގި އޮފީހުގައެވެ. ޑިމޮކްރެޓްސްގެ ކުރިން އެތަނުގައި ޖަގަހަ ހިންގީ އިދިކޮޅު އެމްޑީޕީންނެވެ.

ޕީއެންސީ ޖަގަހަ ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީއާ އަލަށް ގުޅުނު ބައެއް މީހުންގެ ފޯމްތައް ވަނީ ރައީސާ ހަވާލުކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *