ހައްޖުވެރިން ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ހައްޖުވެރިން ބަލާ ދާ މީހުން ފުލުހުންގެ އަރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އެ މުއައްސިސާއިން އެދެފި އެވެ.
ފުލުހުންގެ ހިދުމަތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުންނާއި ހައްޖުވެރިންގެ އާއިލީ ބޭފުޅުންވެސް ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށެވެ.
ހައްޖުގެ އަޅުކަމަށްފަހު ހައްޖުވެރިންގެ ގުރޫޕުތަށް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ހަތަރު 4 ގުރޫޕަކަށް 4 ދުވަހެއްގަ އެވެ.
އެގޮތުން ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ރާއްޖެ އަންނާނީ މި ހިނގާ ޖޫންމަހުގެ 24 ވަނަ ދުވަހު އަދި ދެވަނަ ގުރޫޕް އައުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ.
ހައްޖުވެރިންގެ ފަހު ދެ ގުރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ކުރިޔަށް އޮތް ޖުލައިމަހުގައެވެ. އެގޮތުން ފުރަތަމަ ގުރޫޕް އައްނާނީ ޖުލައި މަހުގެ 1 ވަނަދުވަހު އެވެ. އަދި ހައްޖުވެރިންގެ އެއްމެ ފަހު ގުރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިއަންނަ ޖުލައި މަހުގެ 4 ވަނަ ދުވަހު އެވެ.
ހައްޖުވެރިން ހައްޖުގެ އަޅުކަމަށް ފުރި ދުވަސްތައްވެސް ވެފައިވަނީ އެއާޕޯޓް ސަރަހައްދުގެ ކާރުބާރު ވަރަށް ބޮޑުވެގެން ދިޔަ ދުވަސްތަކަކަށެވެ.


