Wednesday, 29 July 2026
Fiyoari council

ފިޔޯރީން ރޭ ގެއްލުނު ކުއްޖާގެ ހާލަތު ދެނެގަތުމަށް އިތުރު ޓެސްޓުތަކެއް ހަދަނީ

ގދ. ފިޔޯރީން ގެއްލުނު އަށް އަހަރުގެ ކުޑަ ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ކުޑަކުއްޖާގެ ހާލަތު ދެނެގަތުމަށް އިތުރު ޓެސްޓުތަކެއް ހަދަން ނިންމައިފިއެވެ.

ރޭ އިރާކޮޅުން ފެށިގެން ގެއްލިގެން ހޯދީ އުމުރުން 8 އަހަރުގެ މީނާލް މުޙައްމަދުއެވެ. މި ކުއްޖާ ފެނިފައިވަނީ އެކުއްޖާގެ ގެއާ ދުރު ނޫން ހިސާބެއްގައި ހުރި ފަޅުގެއެއްގެ ތެރެއިން ހޭނިތިފައި އޮއްވައެވެ.

ކުއްޖާ ފެނުނު އިރު ހީކަރުވައި ވަރު ދެރަވެފައި ހުރުމުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް ހާލު ރަނގަޅު ކަމަށް ފުލުހުން ރޭ ވިދާޅުވިއެވެ.

މީގެއިތުރުން، މިއަދު ފުލުހުން ވަނީ އެ ކުއްޖާ ފެނުނު އިރު ބޭރުފުށުން އަނިޔާއެއް ލިބިފައި ނެތްކަމަށްވިދާޅުވެފައެވެ. އެހެންނަމަވެސް އިތުރު ޓެސްޓްތަކެއް ހެދުމަށް އެ ކުއްޖާ މިއަދު ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން އިތުރަށް ވިދާޅުވ ކުއްޖާގެ ހާލު ރަނގަޅު ނަމަވެސް، އެހާ ކުޑަކުއްޖަކު ގެއްލި ގިނައިރުވުމުން ކުއްޖާގެ ހާލަތު ދެނެގަތުމަށް އިތުރު ޓެސްޓުތަކެއް ހަދަން ޑޮކްޓަރު ލަފާދީފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *