ރ. މީދޫގެ މައި މިސްކިތްތެރޭގައި ޓިކްޓޮކް ކުޅުނު އަންހެނެއްގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
ފުލުހުން ރޭ ބުނީ މީދޫގައި އީދު ޝޯ ދޭން ގޮސް ތިބި ގުރޫޕެއްގެ އަންހެނަކު އެ ރަށު މިސްކިތްތެރޭގައި ޓިކްޓިކް ކުޅުނު މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިސްކިތުގެ ތެރޭގައި ޓިކްޓޮކް ކުޅުނު މައްސަލަ ފުލުހުން ވެސް ބަލަމުން އަންނަކަން ރޭ ހާމަކޮށްފައި ވަނިކޮށް، ށ. މާއުނގޫދު އަށް ނިސްބަތްވާ "ދަންދާނަ" ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ އެ އަންހެން މީހާގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެ ކަމަކީ އެ ގުރޫޕާ އެއްވެސް ގުޅުމެއް ނެތް، އަންހެން މީހާ އަމިއްލަ ހިންގި އަމަލެއް ކަމަށް ބުނެފައިވެއެވެ.
ނަމަވެސް އޭނަ އެކަން ކުރީ "ދަންދާނަ" ގެ ރަސްމީ ދަތުރެއްގައި ކަމަށްވާތީ އެ އަންހެން މީހާ އަށް ދެން ގުރޫޕްގެ އެެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް، މުއްދަތެއް ވެސް ނެތް ގޮތަށް ސަަސްޕެންޑްކޮށްފައިވާ ކަމަަށެވެ.


