Tuesday, 28 July 2026

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ހއ. އަތޮޅުން ފެށިގެން މ. އަތޮޅުގެ ރަށްތަކާ ހަމައަށް މިރޭ މޫސުން ގޯސްވާނެ ކަމަށެވެ.

ހއ އަތޮޅުން ފެށިގެން މީމު އަތޮޅަށް ވަނީ ރީންދޫ ސަމާލު ނެރެފަ އެވެ. މެޓުން މި ސަމާލު ނެރެފައިވަނީ މިރޭ 10 ޖެހުމާއި ހަމައަށެވެ. މިވަގުތުތަކުގައި ބޯކޮށްވާރޭވެހުމާ އެކު ގުގުރާނެ ކަމަށެވެ. އަދި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.

ނަމަވެސް މެޓްއިން ލަފާކުރާގޮތުގައި ކުރިޔަށް އޮތް 72 ގަޑިއިރުތެރޭގައި ރާއްޖޭގެ މޫސުން މިހާރަށްވުރެ ރަނގަޅުވާނެ އެވެ.

މޫސުންގޯސްވެ ކަނޑުތަށް ގަދަވުމާއެކު ނުރަށްކަލުގެ އިންޒާރުތަށް މެޓުން ނެރެމުންދާ، މިވަގުތަކީ އީދު ޗުއްޓީ ނިންމައި ގިނަ ބަޔަކު މާލެއަށް ދަތުރު ކުރަމުންދާ ވަގުތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *