Tuesday, 28 July 2026
Fisheries minister Shiyam -- Photo: Dhiyares

އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާ ސަރުކާރުން ދަނީ ބަލަމުން – ޝިޔާމް

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި ކުރިއަށްދާ އިހުތިޖާޖު ސަރުކާރުން ވަރަށް ކައިރިން ބަލަމުންދާ ކަމަށް މަސްވެރިކަމާއި ދަޑުވެރިކަމާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް އެކްސްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ކައިރީގައި މުޒާހަރާ ކުރަން ފެށުމުގެ ކުރިންވެސް ސަރުކާރުންދަނީ އެކަމާ މަޝްވަރާކޮށް، ހައްލު ހޯދުމަށް މަސައްކަތް ކުރަމުންކަމަށެވެ.

”އެކަމުގައި މިފްކޯއާއި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލްވެސް މިދަނީ ގެނެސްދެމުން“ ޝިޔާމް ވިދާޅުވި އެވެ.

އިހުތިޖާޖުކުރާ މަސްވެރިން ބުނަމުން އަންނަނީ މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫނުކުރާތާ ދެ މަހެއްހައި ދުވަސް ވެފައިވާ ކަމަށެވެ.

އަދި ފައިސާ ނުލިބުމުގެ ސަބަބުން މަސްވެރިންނަށް ވަރަށް ބޮޑަށް ދަތިވަމުންދާ ކަމަށެވެ. މަސްވެރިންގެ މުޒާހަރާގެ ބައިވެރިޔަކު ބުނީ ސަރުކާރުން ވައުދުވި ގޮތަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ދަތިތަކެއް ހުރިނަމަ، އެންމެ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމުންވެސް މިހާރު މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރެވޭނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *