Tuesday, 28 July 2026

ހަނިމާދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހދ. ހަނިމާދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ، ހަނިމާދޫ ގެއެއްގެ ކޮޓަރިއެއް ކުއްޔަށް ނަގައިގެން އުޅޭ މީހަކު ރޭ ކޮޓަރިއަށް ވަންގޮތަށް ޚަބަރެއްނުވާ ކަމަށް މައުލޫމާތު ލިބިގެން ފުލުހުން އެޓެންޑުވި ކަމަށެވެ.

އަދި ފުލުހުން އެ ކޮޓަރިއަށްވަދެ ބެލިއިރު އެމީހާ އެއްވެސް ހަރަކާތެއްނެތި އެނދުމަތީގައި އޮށްވާ ފެނުނު ކަމަށް މައުލޫމާތު ދީފައިވެއެވެ.

އެ ރަށު ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނީ، އެ މީހާ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

މި ހާދިސާގައި މަރުވީ އަހުމަދު ޖަލީލް، 64 އެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *