ސޯމާލިއާއަށް ނިސްބަތްވާ ބަޔަކު ތިބި ޑިންގީއެއް ނ. އަތޮޅު ވަވަތިއަށް ލައްގައިފި އެވެ.
ފުލުހުން މިއަދު ބުނެފައިވަނީ މި ޑިންގީގައި ސޯމާލިއާއަށް ނިސްބަތްވާ 3 މީހުން ތިބިކަމަށެވެ.
މި ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދިން ނަމަވެސް، އެ ތިން މީހުންގެ ފޮޓޯ އާއި އެމީހުން ދަތުރުކުރި ޑިންގީ ގެ ފޮޓޯ ފުލުހުން ވަނީ އާއްމުކޮށްފައެވެ.

ނ. ވަވަތިއަކީ ދަނޑުވެރިކަން ކުރަން ދޫކޮށްފައި އޮންނަ ރަށެކެވެ.


