Tuesday, 28 July 2026

ހައްޖުގެ އަޅުކަމަށް ފުރަށްސާރަ ކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި

ހައްޖުގެ އަޅުކަމަށް ފުރަށްސާރަކުރި ބައެއްގެ މައްސަލަ ބަލަމުންދާކަމަށް ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާގެ ނަމުގައި ހިންގާ އެކްސް އެކައުންޓަކުން އިއްޔެ ވަނީ ހައްޖުގެ އަޅުކަމަށް މަލާމަތްކޮށް "ޔޯގާ ހަރާންވެފައި ހިލައެއް ވަށާ އެބުރި އެއަށް ބެންޑުވުން އޯކޭ ޔޯގާ ހަރާން“ މިފަދައިން ޓްވީޓް ކޮށްފައެވެ.

ފުލުހުން މި މައްސަލަ ބަލަން ފަށާފައިވާއިރު އަދި މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރު ކުރިކަން އެ އިދާރާއިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އައިޝަތު ނުޒުހާގެ ނަމުގައި އެކްސްގައި ހިންގާ މި އެކައުންޓުން ހައްޖުގެ އަޅުކަމަށް މަލާމަތްކޮށް ކޮއްފައިވާ ޕޯސްޓަށް ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން ދިޔަ ނަމަވެސް ނުޒުހާއާއި އެއްހަމައެއްގައި ހައްޖުގެ އަޅުކަމަށް އެހެން އެކައުންޓަކުންވަނީ ކޮމެންޓް ސެކްޝަންގައި މަލާމަތް ކޮށްފައެވެ.

އިސްލާމްދީނަށް ފުރައްސާރަކޮއް ރަސޫލާއާއި ﷲ އަށް ފުރަށްސާރަ ކުރުމުގެ މައްސަލަތައް ރާއްޖޭގައި ދަނީ ގިނަ އަދަދަކަށް ފެންމަތިވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *