ގެސްޓްހައުސްއެއްގައި ނޭޕާލް މީހަކު ރަހީނުކުރި މައްސަލާގައި ހިމެނޭ ބަންގްލަދޭޝް މީހާ ބަންދުގައި ބަހައްޓަން އަނެއްކާވެސް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
ގެސްޓްހައުސެއްގައި ނޭޕާލް މީހާ ރަހީނުކުރި މައްސަލާގައި މިއަދު ކުރިމިނަލް ކޯޓުން 15 ދުވަހަށް ބަންދު އިތުރުކޮށްފައިވަނީ މި މައްސަލާގަައި ހައްޔަރުކުރި 2 މީހުންގެތެރެއިން 35 އަހަރުގެ ޝަމީމްއަށެވެ.
ކޯޓު އަމުރުގައިވާ ގޮތުން ޝަމީމްއަކީ ބާޓެންޑާކަން ކުރުމުގެ ނަމުގައި އައިސްހުރި މީހެއްކަމަށާއި އޭނާ ރާއްޖެ އައީ ކާކުގެ ސްޕޮންސާއެއްގައި ކަން އެނގެން ނެތްކަމަށެވެ.
ޝަމީމް މިއާ އިތުރު 15 ދުވަހަށް ބަންދު ކުރަން ނެރުނު ކޯޓު އަމުރުގައި ބަޔާންކޮށްފައި ވަނީ އޭނާ ކޮށްފައިވާ އަމަލުގައި އަނިޔާވެރިކަން ފެންނަ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހަކަށް ވެފައި، ފިލައިފާނެ ކަމުގެ އިހުތިމާލު ވެސް އޮތް ކަމަށެވެ.


