ސިނަމާލެ ބުރިޖްގެ މަރާމާތުގެ މަސައްކަތުގައި އުޅުނު މީހަކު ރޭ މަރުވެއްޖެ އެވެ.
މިޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ބްރިޖުގެ މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު އަނބުރައިގަނެގެން ރޭގެ ވަގުތެއްގައި ޓްރީޓޮޕްއަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި އެ މީހާ ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މަރުވީ އިންޑިއާ މީހެއް ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލުތަކެއް ނުދެ އެވެ.


