އިންޑިއާގެ އިރުމަތީ ސަރަހައްދުގައި ކާގޯ ރޭލަކާއި ޕެސެންޖަރު ރޭލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަށް މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ އިސް އޮފިޝަލަކު މިއަދު ބުނެފި އެވެ.
ހުޅަނގު ބެންގާލްގެ ޗީފް މިނިސްޓަރު މަމްތާ ބެނަރޖީ ވިދާޅުވީ، ކޮލްކަތާ ސިޓީ އާއި އިރުއުތުރު އާސާމް ސްޓޭޓްގެ ސިލްޗާއާ ދެމެދު ދުއްވާ ކަންޗެންޖަންގާ އެކްސްޕްރެސްގައި ސިލިގުރީ ސިޓީގެ ދެކުނުން މުދާ އުފުލާ ރޭލެއް ޖެހި ފައިވާ ކަމަށެވެ.
ކާރިސާގެ ޓީމުތައް މިހާރު ވަނީ ބޯޓު ވެއްޓުނު ސަރަހައްދަށް ގޮސްފަ އެވެ. އެއީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ފަރުބަދަ މަތީގެ މަންޒިލެއް ކަމަށްވާ ޑާޖިލިންއަށް ދަތުރުކުރާ ފަރުބަދަތަކުގެ ތިރީގައި ވާ ސަރަހައްދެވެ.
އެ ސަރަހައްދުގެ ބައެއް މީޑިއާތަކުން ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި އެއް ރޭލު ކާރެއް އެއްފަރާތަށް ވެއްޓިފައި އޮތްއިރު، އިންޖީނު ކެރެޖްގެ މަތިން އިތުރު ކާރެއް ވައިގެ ތެރެއަށް އުފުލިގެންދާ ތަން ފެނެ އެވެ.
ޑާޖިލިންގެ ޕޮލިސް ސުޕްރިންޓެންޑެންޓް އަބީޝެކް ރޯއީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މީ އެކްސިޑެންޓްގައި 30 ވަރަކަށް މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި ފަސިންޖަރުން ބަދަލުކުރަމުން ދަނީ އިންޑިއާގެ އިރުއުތުރުގެ އެންމެ ކައިރީގައި އޮންނަ ސިޓީ އަދި އެންމެ ބޮޑު ރޭލްވޭ ޖަންކްޝަން ކަމަށްވާ ނިއު ޖަލްޕައިގުރީއަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯކަލް ޗީފް މިނިސްޓަރު ބެނާޖީ އެކްސްގައި ކުރެއްވި ޕޯަސްޓެއްގައި ވަނީ ޑޮކްޓަރުންނާއި އެމްބިއުލާންސް އަދި ޑިޒާސްޓާ ޓީމްތައް އެ ސަރަހައްދަށް ގެންގޮސް މީހުން ސަލާމަތްކުރުމާއި ރިކަވަރީ އާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އަދި ހަނގުރާމައިގެ ފެންވަރުގައި ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


