މާލެ މަގުތަކުގައި އާއްމު ދަތުރުފަތުރަށް ދަތިވާގޮތަށް ޕާކް ކޮށްފައިވާތީ ދެ ދުވަސް ތެރޭގައި 163 އުޅަނދެއް ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ބުނީ ޓޯކުރި އުޅަނދުތަކުގެ ތެރެއިން 84 ވެހިކަލަކީ ބޮތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށި ކައިރިން ފަތާ ޓްރެކާ ހަމައަށް ޕާކުކޮށްފައި ހުރި އެއްޗިހި ކަމަށެވެ. އަދި އެހެނިހެން މަގުތަކުން 79 އުޅަނދެއް ޓޯކޮށްފައިވެ އެވެ.
ފުުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ބުރާސްފަތި އަދި ހުކުރު ދުވަހު ޓޯ ކުރި މި އުޅަނދުތަކަކީ ހަތަރު ފުރޮޅުލީ އުޅަނދުތައް ކަަމަށެވެ.
ފުލުހުން ވަނީ އާއްމު ދަތުރުފަތުރަށް ދަތިވާ ގޮތަށް އެއްގަމު އުޅަނދު ޕާކް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.


