Tuesday, 28 July 2026

ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އަރައިފި

މިއަދު 17:00 ހާއިރު ވެލަމާ ނަމަކަށް ކިޔާ ލޯންޗެއް ތ. ކިނބިދޫ ނެރު ފަސްގަނޑަށް އަރާފައިވާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މިއަދު 17:00 ހާއިރު ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އަރާފައިވާކަމަށާއި އެ ލޯންޗުގައި ތިބީ ތިން 3 މީހުންކަމަށެވެ.

ފުލުހުން ވިދާޅުވީ އެ ލޯންޗުގައި ތިބި ތިން މީހުންގެ ތެރެއިން 2 މީހުންނަށް އެކިވަރުގެ ހާނިއްކަވެފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *